ސުވާލު 16: ދީނުގައި ޝަހާދަތުގެ ދެ ކަލިމައަށް ލިބިގެންވާ މަޤާމަކީ ކޮބާ ހެއްޔެވެ؟
ޖަވާބު: އެ ދެ ކަލިމައާ ލައިގެން މެނުވީ އަޅާއަށް ދީނަށް ނުވަދެވޭނެއެވެ. إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِ ۗ1 މާނައީ: “މުއުމިނުން ވާކަން ކަށަވަރީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް އީމާންވި މީހުން ކަމުގައެވެ.” އަދި ނަބިއްޔާ z ޙަދީޘްކުރެއްވިއެވެ. ((أُمِرتُ أن أُقاتلَ النَّاسَ حتّى يَشهدوا أنْ لا إله إلا الله وأنَّ محمَّدا عبدُه ورسولُه))2 މާނައީ: “ތިމަން ނަބިއްޔާއަށް އަމުރުވެވިގެން ވަނީ، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހެއް ނުވާ ކަމަށާއި އަދި ހަމަކަށަވަރުން محمد އަކީ އެއިލާހުގެ އަޅާ އަދި ރަސޫލުކަމަށް މީސްތަކުން ހެކިވެއްޖައުމަށް ދާންދެން އެބައިމީހުންނާ ހަނގުރާމަކުރުމަށެވެ.” އަދި މިނޫންވެސް ގިނަ ޙަދީޘްތަކެވެ.
النور: 62 އަދި الحجرات: 15 ↩︎