17. ما دليل شهادة أن لا إله إلا الله؟

ސުވާލު 17: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހެއް ނުވާކަމަށް ހެކިވުމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟

ޖަވާބު: ﷲ تعالى ގެ ބަސްފުޅެވެ.

شَهِدَ ٱللَّهُ أَنَّهُ ۥ لَآ إِلَـٰهَ إِلَّا هُوَ وَٱلۡمَلَـٰٓٮِٕكَةُ وَأُوْلُواْ ٱلۡعِلۡمِ قَآٮِٕمَۢا بِٱلۡقِسۡطِۚ لَآ إِلَـٰهَ إِلَّا هُوَ ٱلۡعَزِيزُ ٱلۡحَڪِيمُ[^18] މާނައީ: “ހަމަކަށަވަރުން، ﷲ އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހެއް ނުވާކަމަށް ހެކިވެ ވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިން ވެސް އެކަމަށް ހެކިވެވަޑައިގެންފިއެވެ. އެއިލާހު ހެއްދެވި ތަކެތި ތަދުބީރުކުރެއްވުމުގައި ޢަދުލުވެރިކަމާއިގެން އެއިލާހު ޤާއިމުވެ ވޮޑިގެންވެއެވެ. އެއިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހެއް ނުވެއެވެ. އެއީ ޢަޒީޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”

އަދި މިބަސްފުޅެވެ. فَٱعۡلَمۡ أَنَّهُ ۥ لَآ إِلَـٰهَ إِلَّا ٱللَّهُ[^19] މާނައީ: “ފަހެ ﷲ ފިޔަވައި

ޙައްޤުވެގެން އަޅުކަންކުރެވޭ އެހެން އިލާހެއް ނުވާކަން އިނބަ ނަބިއްޔާ ދެނެގަންނާށެވެ.” އަދި މިބަސްފުޅެވެ. وَمَا مِنۡ إِلَـٰهٍ إِلَّا ٱللَّهُ))[^20] މާނައީ: “އަދި ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އެއްވެސް އެއިލާހެއް ނުވެއެވެ.” އަދި މިބަސްފުޅެވެ. مَا ٱتَّخَذَ ٱللَّهُ مِن وَلَدٍ۬ وَمَا ڪَانَ مَعَهُ ۥ مِنۡ إِلَـٰهٍۚ[^21] މާނައީ: “ﷲ، އެއްވެސް ދަރިކަލަކު ނުހިއްޕަވައެވެ. އަދި އެއިލާހާ އެކު އެހެން އެއްވެސް އިލާހެއް (ޙައްޤުގޮތުގައި) ނުވެއެވެ.” އަދިވެސް މިބަސްފުޅެވެ. قُل لَّوۡ كَانَ مَعَهُ ۥۤ ءَالِهَةٌ۬ كَمَا يَقُولُونَ إِذً۬ا لَّٱبۡتَغَوۡاْ إِلَىٰ ذِى ٱلۡعَرۡشِ سَبِيلاً۬[^22] މާނައީ: “އިނބަ ނަބިއްޔާ ވިދާޅުވާށެވެ. ތިޔަބައިމީހުން ބުނާ ފަދައިން ﷲ އާ އެކު އެހެނިހެން އިލާހުންތަކެއް ވާނަމަ، އެހިނދު، ޢަރުޝީގެ ވެރި ފަރާތާ ދެކޮޅަށް މަގެއް ހޯދުމަށް އެއިލާހުންތައް އެދުނީސްކަން ކަށަވަރެވެ.” އަދި މިނޫންވެސް އެތައް އާޔަތެކެވެ. [^18]: ]آل عمران: 18[ [^19]: ]محمد: 19[ [^20]: ]آل عمران: 62[ [^21]: المؤمنون: 91 [^22]: ]الإسراء: 42[ [^23]: ތަރުޖަމާ: ޙައްސާން ޢަބްދުއްރައްޒާޤް