21. ما دليل اشتراط اليقين من الكتاب والسنة؟

ސުވާލު 21: ޔަޤީންކަން ޝަރުޠުވެގެން ވާކަމުގެ ޤުރުއާނާއި ސުންނަތުގެ ދަލީލަކީ ކޮބާ؟

[ދަލީލަކީ] ﷲ عز وجل ގެ މި ބަސްފުޅެވެ: إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا މި ހިސާބުން ފެށިގެން أُولَئِكَ هُمُ الصَّادِقُونَ މި ހިސާބާ ހަމައަށެވެ. އާޔަތުގެ މާނައީ: “މުއުމިނުން ކަމުގައި ވާކަން ކަށަވަރީ، ﷲ އަށާއި، އެކަލާނގެ ރަސޫލާއަށް އީމާންވެ، ދެން (އެ އީމާންކަމާ މެދު) ޝައްކު ނުކުރާ މީހުންނެވެ. [އަދި އެއުރެންގެ މުދާތަކާއި، ނަފްސުތަކުން ﷲގެ މަގުގައި ޖިހާދުކުރި މީހުންނެވެ.] އެއުރެންނީ، ހަމަ ތެދުވެރިންނެވެ.”

އަދި ނަބިއްޔާ ﷺ ގެ މި ބަސްފުޅެވެ: «أشهد أن لا إله إلا الله وأني رسول الله، لا يلقى الله بهما عبد غير شاك فيهما إلا دخل الجنة» “ހަމަކަށަވަރުން ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާ ކަމަށާއި އަދި ތިމަންކަލޭގެފާނީ ﷲގެ ރަސޫލާ ކަމަށް ތިމަންކަލޭގެފާނު ހެކިވެވަޑައިގަންނަވަމެވެ. ސުވަރުގެ ވަންނާނޭ އަޅަކު މެނުވީ މި ދެ ޝަހާދަތާ މެދު ޝައްކު ކުރުމަކާ ނުލައި މި ދެ ޝަހާދަތާއިގެން ﷲ އާ ބައްދަލު ނުކުރާނެތެވެ.”

އަދި އަބޫހުރައިރާ () އަށް ރަސޫލާ () ޙަދީޘްކުރެއްވި ބަސްފުޅެވެ. މާ

«من لقيت وراء هذا الحائط يشهد أن لا إله إلا الله مستيقنا بها قلبه فبشره بالجنة» މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވާކަމާމެދު ހިތުން ޔަޤީންކޮށްގެން ހެކިވާ މީހަކާ މި ފާރުގެ އަނެއް ފަރާތުން ބައްދަލުވެއްޖެއްޔާ އޭނާއަށް ސުވަރުގޭގެ އުފާވެރި ޚަބަރުދޭށެވެ.

މި ދެ ޙަދީޘް ވެސް ވަނީ ޞަޙީޙުގައެވެ.