ސުވާލު 4: ޢިބާދަތަކީ (އަޅުކަމަކީ) ކޮބައިހެއްޔެވެ؟
އެއީ ބޭރުފުށުން ފެންނަ (ޡާހިރު) ޢަމަލުތަކާއި ބޭރުފުށުން ނުފެންނަ ހިތުގެ (ބާޠިނު) ޢަމަލުތަކާއި، ބުނާ ބަސްތަކާއި، މި ކަންކަމުން ކުރެ ﷲ އެ ކަމަކަށް ލޯބިވެވޮޑިގެންވާ އަދި އެ ކަމަކާމެދު ރުހިވޮޑިގެންވާ އެންމެހައި ޢަމަލުތަކާއި ބަސްތަކެވެ. އަދި އެ ކަންކަން ނަފީކުރާ، އެ ކަންކަމާ އިދިކޮޅު އެންމެހައި ކަމަކުން ބަރީއަ ވެގަތުމެވެ. އަލްޢިބާދާ އަކީ މި ހުރިހައި ކަމަކަށް ކިޔޭ ނަމެކެވެ.