5: ޢަމަލު އަޅުކަމަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟

ސުވާލު 5: ޢަމަލު އަޅުކަމަކަށް ވާނީ ކިހިނަކުން ހެއްޔެވެ؟

ޖަވާބު: އެ ޢަމަލުގައި ދެ ކަމެއް ފުރިހަމަ ވުމުންނެވެ. އެއީ ފުރިހަމަ ލޯތްބާއެކު ފުރިހަމަ ނިކަމެތިކަމެކެވެ. ﷲ تعالى ވަޙީކުރެއްވިއެވެ. وَٱلَّذِينَ ءَامَنُوٓاْ أَشَدُّ حُبّٗا لِّلَّهِ1 މާނައީ: “އަދި އީމާންވެއްޖެ މީސްތަކުން ﷲ ދެކެ ލޯބިވުން މާ ބޮޑެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. إِنَّ ٱلَّذِينَ هُم مِّنۡ خَشۡيَةِ رَبِّهِم مُّشۡفِقُونَ2 މާނައީ: “ހަމަކަށަވަރުން އެއުރެންނަކީ އެއުރެންގެ ވެރި ރައްބަށް ބިރުވެތިވުމުން އެއިލާހުގެ ޢަޛާބަށް ބިރުވެތިވާ މީހުންނެވެ.” ފަހެ ﷲ تعالى މި ދެ ކަންތައް އަންނަނިވި އާޔަތުގައި ޖަމާކުރައްވާފައިވެއެވެ. إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ3 މާނައީ: “ހަމަކަށަވަރުން އެބައިމީހުން ހެޔޮ ކަންތަކަށް އަވަސްވެ، އަދި ތިމަން ﷲ އަށް، އެދުމާއި، ބިރުވެތިކަމާއެކު ދުޢާކުރައްވާ ކަމުގައިވިއެވެ. އަދި ތިމަން ﷲ އަށް މަޑުމައިތިރިވާ ބަޔަކު ކަމުގައި އެބައިމީހުން ވިއެވެ.”


  1. البقرة: 165 ↩︎

  2. المؤمنون: 57 ↩︎

  3. الأنبياء: 90 ↩︎